ފަޟީޅަތުއްޝައިޚް އިލްޔާސް ހުސައިންގެ ޚާއްޞަ ދަރުސެއް މާދަމާ ރޭ އަލިމަސް ކާނިވާ ސަރަހައްދުގައި އޮންނާނެއެވެ. މިދަރުސްގައި ދުނިޔެ ދެކެފައިވާ އެންމެ މާތް އިންސާނަކީ ނަބިއްޔާ (ޞޢވ) ކަން ވަރަށް ފުރިހަމައަށް ޝައިޚް ސާބިތުކޮށްދެއްވާނެއެވެ.
މިދަރުސްއަށް ވަޑައިގަންނަވާ ބޭފުޅުން، އެންމެ ބޮޑު ސަމާލުކަމެއް ދެއްވުން އެދެވިގެންވަނީ އެކިއެކި ސަބަބުތަކާއިހުރެ ޢާންމުކޮށް މިފަދަ ދަރުސްތަކަށް ނުދާ، މިހާރު ހަތަރުއަނގޮޅީގައި ހުރި މީހަކު ދަރުސްއަށް ގެންގޮސްދެއްވަން މަސައްކަތްކޮށްދެއްވުމެވެ.
ދީނީ ދަރުސް އެއް އަލިމަސް ކާނިވަލުގައި ނުބާއްވާތާ ވަރަށް ގިނަ ދުވަސްތަކަކަށްފަހު ބާއްވާ މި ދަރުސް ވީހައި ގިނަ ބޭފުޅުން ވަޑައިގެން ދެއްވުން އެދި ދައުވަތު ވަނީ އަރުވައިފައެވެ.