ޖަޕާނުގެ ބޮޑުވަޒީރު ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޖަޕާނުގެ ބޮޑުވަޒީރު ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންފި

ޖަޕާނުގެ އައު އެމްޕެރަރ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ޒިޔާރަތްކުރެއްވި ޤައުމުތަކުގެ އެންމެ އިސްވެރީންގެ ޝަރަފުގައި، ޖަޕާނުގެ ބޮޑުވަޒީރު ދެއްވި މެންދުރުގެ ޚާއްޞަ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. 

ޖަޕާނުގެ ބޮޑުވަޒީރު ބޭއްވެވި މި ފަރިއްކޮޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެކި ޤައުމުތަކުގެ އެންމެ އިސްވެރިންނާއި މަތީފެންވަރުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ޖަޕާނުގެ އައު އެމްޕެރަރ ހިޒް އިންޕީރިއަލް މެޖެސްޓީ އެމްޕެރަރ ނަރުހީޓޯ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ޖަޕާނު ސަރުކާރުން ދެއްވި ދައުވަތަކަށް އެޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. 

އެމްޕަރަރ ނަރުހީޓޯ ތަޚްތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ދުނިޔޭގެ 170 ޤައުމެއްގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން