ދުނިޔޭގައި އަދާކުރީ މަތީ މަޤާމުތަކާއި ޖަމާކުރި މުދަލާއި ފައިސާ އާއި، މައިންބަފައިންނާއި އަދި ދަރީންގެ ފަރާތުން އެއްވެސް މަންފާއެއް ނުކުރާނެ ބިރުވެރިކަމުން ފުރިގެންވާ ޤިޔާމަތް ދުވަހު ޝަފާއަތްތެރިކަމެއް ލިބޭނީ ހަމައެކަނި މާތް ނަބިއްޔާ محمد صلى الله عليه وسلم ގެ ޝަފާއަތް ލިބުނު މީހަކަށެވެ.
އިތުރު އެކަލޭގެފާނުގެ ޝަފާޢަތް ނުލިބުނު މީހަކަށް ސުވަރުގެ ލިބުމެއް ނެތެވެ.
ވީމާ އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ)ގެ ޝަފާއަތްތެރިކަން ލިބިގަތުމަށް ހުރިހާ މުސްލިމުންވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. އެކަމަށް ކުރަން އޮތް މަސައްކަތްތަކަކީ ކީރިތި ޤުރްއާނަށާއި ރަސޫލް (_ޞޢވ)ގެ ސުންނަތަށް ވީހައި ފުރިހަމައަށް އަމަލުކުރުމެވެ. ހެޔޮ އަމަލުތައް ކުރުން ގިނަކުރުމެވެ!
ވީމާ އެންމެ ތުއްތު އިރުންސުރެ ކުދިންގެ ހިތްތަކުގައި ﷲ ތަޢާލާ އަށާއި ކީރިތި ޤުރްއާނަށާއި ރަސޫލާ محمد صلى الله عليه وسلم އަށް ލޯބި ޖައްސުވަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ!