ސޯޝަލް މީޑިއާގައި މީހުންގެ ފުރާނަޔަށް ގެއްލުން ދިނުމަށް ގޮވުމުން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ސޯޝަލް މީޑިއާގައި މީހުންގެ ފުރާނަޔަށް ގެއްލުން ދިނުމަށް ގޮވުމުން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ސޯޝަލް މީޑިއާގައި ޓެރަރިޒަޓް ޖަމާއަތްތަކުގެ ޕޯސްޓްތައް އާންމުކޮށް މީހުންގެ ފުރާނަޔަށް ގެއްލުން ދިނުމަށް ގޮވުމުން ފުލުހުން ހައްޔަރުކުރި 27 އަހަރުގެ ފިރިހެން މީހާގެ ބަންދުގެ މުއްދަތަށް މިއަދު 15 ދުވަސް އިތުރުކޮށްފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ހައްޔަރުކުރި މިމީހާ އަށް ކުރިން ވަނީ ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިފައެވެ.

އެންމެ ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައ ވާގޮތުން ޓެރަރިސްޓް ޖަމައާތަތްތަަކަށް ތާއީދުކޮށް، އެފަދަ ޖަމާއަތްތަށް ޕްރޮޕޯޓު ކުރުމަކީ ގާނޫނީ ކުށެކެވެ.

އަލަށް އިސްލާހުކުރި ޓެރަރިޒަމް ގާނޫނުގައި ޓެރަރިޒަމްގެ އަމަލުތައް ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކޮށްފައެވެ. އެގޮތުން، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން، ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން، މުދަލަށް ބޮޑެތި ގެއްލުން ދިނުން، ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުން، މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން އެއީ ޓެރަރިޒަމްގެ އަމަލުތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މިއަދު އޮންލައިން