ހޯމް މިނިސްޓްރީގެ ޕާރމަނެންޓް ސެކްރެޓަރީ ސަސްޕެންޑް ކޮށްފި!

ކިޔުމަށް ހޭދަވާނީ 26ސ
ހޯމް މިނިސްޓްރީގެ ޕާރމަނެންޓް ސެކްރެޓަރީ ސަސްޕެންޑް ކޮށްފި!

ހޯމް މިނިސްޓްރީގެ ޕާރމަނެންޓް ސެކްރެޓަރީ އިބްރާހިމް ޙަމީދު ސަސްޕެންޑު ކޮށްފިއެވެ.

އެނގިފައިވާގޮތުގައި އޭނާ ސަސްޕެންޑުކޮށްފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ތުހުމަތުގައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއްވެސް ސިވިލް ސަރވިސް ކޮމިޝަނުން ބަލަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ހަމީދު ސަސްޕެންޝަންގައި ހުންނަތާ ދެ ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ލިބިފައެެއް ނުވެއެވެ.

މިއަދު އޮންލައިން