ކޯޓުން ބޭރުގަ މުޖުރިމުންވެސް މާފަށް އެދޭ! ދެން ޙުކުމް ކުރަން ނުޖެހެނީތަ؟: ޝައިޚް އަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކޯޓުން ބޭރުގަ މުޖުރިމުންވެސް މާފަށް އެދޭ! ދެން ޙުކުމް ކުރަން ނުޖެހެނީތަ؟: ޝައިޚް އަލީ ޒައިދު

ބޮޑެތިވެގެންވާ ޖަރީމާތައް ހިނަގުމަށްފަހު ކޯޓުން ބޭރުގައި މުޖުރިމުން ވެސް މާފަށް އެދޭކަމމަށާއިމާފަށް އެދޭއިރަށް ޝަރީޢަތް ނިމެނީ ނުވަތަ ނިމެން ޖެހެނީ ނޫން ކަމަށް ޝައިޚް ޢަލީ ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

"އެމީހުން ރިޕޯޓް ނަގައިފި. މާފަށް އެދިއްޖެ. އެ ނިމުނީނު!" ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިފަދައިން ބުނުމަކީ އެބައެއްގެ ވިސްނުން ފޭލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. "ބައްލަވަ ކޯޓުގަ އާ ކޯޓުން ބޭރުގަ ކުށް ޤަބޫލުކޮށް ކިތައް މުޖުރިމުންތޯ ރޮމުން ރޮމުން މަޢާފަށް އެދެނީ؟ މުޖްރިމް މީހާ މާފަށް އެދުނު ނަމަވެސް އަމަލުކުރަން ޖެހޭނެ ގޮތް ޤާނޫނުގަ އެބަ އޮތޭ އިނގޭތޯ؟" 

ޝައިޚް ޢަލީ ޒައިދު މިއަދުވެސް ވަނީ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން ދިފާޢުކޮށް ހިމާޔަތް ކުރަން މަސައްކަތް ނުކުރުމަށް ސަރުކާރުގެ އިސް ވެރިންނަށް ގޮވާލައްވައިފައެވެ. "އެމީހުންގެ މަކަރުވެރި އެޖެންޑާ އެވަނީ ފަޟީޙަތް ކުރައްވާފަ. އަދިވެސް ދާނީ އިތުރަށް ފަޟީޙަތް ވަމުން. ދިފާޢުކުރަން އުޅުނު ވަރަކަށް އިތުރަށްވާނީ ފަޟީޙަތް." 

 

 

މިއަދު އޮންލައިން