"ލެބޯޓަރީގެ ޚިދުމަތުގެ ފަސޭހަކަން ރަށަށް" - ކުނަހަންދޫ، މާމެންދޫ، މުންޑޫ އަދި ދަނބިދޫގަ ލެބޯޓްރީ ޚިދުމަތް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
"ލެބޯޓަރީގެ ޚިދުމަތުގެ ފަސޭހަކަން ރަށަށް" - ކުނަހަންދޫ، މާމެންދޫ، މުންޑޫ އަދި ދަނބިދޫގަ ލެބޯޓްރީ ޚިދުމަތް ފަށައިފި

ލ. ކުނަހަންދޫ، ލ. ދަނބިދޫ، ލ. މުންޑޫ އަދި ލ. މާމެންދޫގައި މޯބައިލް ލެބޯޓްރީ ސާރވިސަސް ގެ ޚިދުމަތް ރަސްމީކޮށް ފފަށައިފިއެވެ. 

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން މިއަދު ފަށްޓަވައިދެއްވި މި ޚިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ  ވަސީލަތްތައް ވަނީ އެރަށްރަށުގައި ޤާއިމްކޮށް ލެބޯޓްރީ ސާމްޕަލް އެންމެ ކައިރީގައި ހުންނަ ލެބޯޓްރީއަކަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.   

ލ. އަތޮޅުގެ ތަފާސް ހިސާބްތަކުން ދައްކާގޮތުން، ދުވާލަކަށް 150 މީހުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ލެބޯޓްރީގެ ޚިދުމަތް ހޯދައެވެ. އަދި ލ އަތޮޅުގެ ލެބޯޓްރީ ހުންނަ ރަށްތަކުން ދުވާލެއްގެ މައްޗަށް 12 މީހުން ޚިދުމަތް ހޯދާފައިވެއެވެ. މިގޮތުން ލ.ދަނބިދޫ އަކީ ގާތްގަނޑަކަށް 1057 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. 

މިރަށުގެ ރައްޔިތުން ލެބޯޓްރީގެ ޚިދުމަތް ހޯދުމަށްޓަކައި މީގެ ކުރިން މާބައިދޫއަށް ދިއުމަށް 20 މިނެޓު ހޭދަވާއިރު ލޯންޗެއްގައި ދަތުރުކޮށްދޭ އަގަކީ ގާތްގަނޑަކަށް 800 ރުފިޔާއެވެ. އަދި ލ. މުންޑޫގައި 308 މީހުންގެ އާބާދީއެއް އެއް އޮންނަ އިރު ލެބޯޓަރީގެ ޚިދުމަތް ހޯދުމަށް މާބައިދޫއަށް ދިއުމަށް 05 މިނެޓު ހޭދަވާއިރު ލޯންޗެއްގައި ދަތުރުކޮށްދޭ އަގަކީ ގާތްގަނޑަކަށް 400 ރުފިޔާއެވެ. މީގެއިތުރުން ލ. މާމެންދޫގައި 1332 މީހުންގެ އާބާދީއެއް އެއް އޮންނަ އިރު ލެބޯޓަރީގެ ޚިދުމަތް ހޯދުމަށް ލ. ހިތަދޫއަށް  ދިއުމަށް 05 މިނެޓު ހޭދަވާއިރު ލޯންޗެއްގައި ދަތުރުކޮށްދޭ އަގަކީ ގާތްގަނޑަކަށް 300 ރުފިޔާއެވެ. އަދި ލ. ކުނަހަންދޫގައި 887 މީހުންގެ އާބާދީއެއް އޮންނަ އިރު ލ. ހިތަދޫއަށް ލެބޯޓްރީގެ ޚިދުމަތްހޯދުމަށް ދިއުމަށް 10 މިނެޓު ހޭދަވާއިރު ލޯންޗެއްގައި ދަތުރުކޮށްދޭ އަގަކީ ގާތްގަނޑަކަށް 500 ރުފިޔާއެވެ.   

އެހެންކަމުން ލ. އަތޮޅުގެ ލެބޯޓްރީ ނުހުންނަ ރަށްރަށުގައި ސާމްޕަލް ނަގައި ކައިރި ރަށްރަށުގެ ލެބޯޓްރީތަކަށް ސާމްޕަލް ފޮނުވޭނެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ  އެ ރަށްރަށުގެ ބަލިމީހުންނަށް ވެގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ. މީގެ އިތުރުން  ގައިންގަޔަށް ނާރާ ބަލިތަށް ދުރާލާ ދެނެގަނެ، ރަށުގައި ހުރެގެން ޤަވާއިދުން ލެބޯޓްރީ ޓެސްޓުތައް ހެދޭނެގޮތް މެދުވެރިވެފައި އޮތުމަކީ މި ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއްކަމުގައި މި ރަށްރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ. މި ހަތަރު ރަށުން ސާންޕަލް ޓްރާންސްފަރ ކުރުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމުން ހައްދުންމަތީގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެރަށެއްގައި ތިބެގެން ލެބޯޓަރީގެ ތަހްލީލުތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

 

މިއަދު އޮންލައިން