"ލާދީނީ އެމްޑީއެން އުވާލުމަށް ޞުލްޙަވެރިކަމާއެކު ގޮވާލާ ގޮވާލުމުގައި އެއްވެސް ވަޔަލަންސަކަށް ޖާގަ ނުދެއްވާތި!
ވަޔަރލަންސް ގެންނަ މީހަކު ހުރި ނަމަ ފުލުހުންނަށް ރިޕޯޓް ކުރައްވާތި!
ހަމަ އެއާއިއެކު ލާދީނީ އުވާލެވެންދެން ޞުލްޙަވެރިކަމާއެކު ސާބިތުވެލައްވާތި!"-ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު ވަނީ މީގެ ކުރިންވެސް ހަމަ މިމޭރުމުން އިލްތިމާސް ކުރައްވައިފައެވެ.
"އެއްވެސް ޝައިޚަކު އެއްވެސް ވަޔަލަންސެއް ހިންގުމަކީ އެއްވެސް ޝައިޚަކު ތާއީދުކުރައްވާ ކަމެއް ނޫން" ކަން ހާމަކުރައްވައި ޝައިޚް ޢަލީ ޒައިދު ވަނީ އެފަދަ އެއްވެސް ކަމެއް އެއްވެސް މީހަކު ނުކުރުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުންވެސް 6 ފަހަރެއްގެ މަތިން ޝައިޚް ވަނީ މިފަދަ މޭރުމުން އިލްތިމާސްކުރައްވައިފައެވެ. އެހެންކަމުން ދީނީ ޢިލްމުވެރިން ކުރައްވަމުން ގެންދަވާ މިފަދަ އިލްތިމާސް ތަކަށް ސަމާލުކަން ދެއްވުން މުހިންމުކަން ފާހަގަ ކުރެވެއެވެ.