ޕްރޮފެސަރ ޢުގައިލް އިސްލާމް ދީން މަތިވެރި ކުރެއްވުމުން ޝައިޚް ނިމާލް ތައްރީފް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޕްރޮފެސަރ ޢުގައިލް އިސްލާމް ދީން މަތިވެރި ކުރެއްވުމުން ޝައިޚް ނިމާލް ތައްރީފް ކުރައްވައިފި

މިހާރު މުޅި ދުނިޔެއަށްވެސް މަޝްހޫރުވެފައިވާ ޕަރޮފެސަރ ޙަސަން ޢުޤައިލް އިސްލާމް ދީނަށް ތަޢްރީފް ކުރެއްވުމުން ޝައިޚް ނިމާލް މުޙައްމަދު، ޕްރޮފެސަރ ޢުގައިލަށް ތަޢްރީފް ކުރައްވައިފިއެވެ. 

"ދަންނަވަން ތޯ؟ ދިވެހި ފަސްގަނޑުން މާތް ވެގެންވާ އިސްލާމް ދީން ފޮހެ ނުލެވޭނެ. ޢެ ދީނުގެ ހިދާޔަތުގެ ހުޅުކޮޅު ނިއްވައެއް ނުލެވޭނެ. އިސްލާމް ދީނަށާއި މާތް ރަސޫލާ އަށް ހަޖޫ ޖަހާ މީހުންނަށް މާތް ﷲ ލައުނަތް ލައްވާށި!" 

މިމޭރުމުން ޕޮރޮފެސަރ ޢުޤައިލް ވިދާޅުވެފައިވާކަން ފާހަގަކުރައްވައި ޝައިޚް ނިމާލް ވިދާޅުވީ ޕްރޮފެސަރ ޢުގާއިލްގެ މި ބަސްފުޅުން އެނގިގެންދަނީ އިސްލާމް ދީނަކީ ޙައްޤު އަދި އެންމެ މާތް ދީންކަން ބަޔާން ކުރައްވައި އިސްލާމް ދީން މަތިވެރި ކުރެއްވުމަށް މަސައްކަތް ކުރައްވަނީ ވަކި ޤައުމަކުން، ވަކި މާއްދާއަކުން މަތީ ތައްލީމް ޙާޞިލުކުރައްވައިގެން ތިއްބެވި ޢިލްމުވެރިން ނޫންކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ ކަމަށެވެ. "ހުޅަނގުގެ ޔުނިވަރސިޓީތަކުން ސައިންސް ކިޔަވައި ވިދާޅުވެގެން ތިއްބެވި ނަމަވެސް ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތް ކުރައްވައި ދިފާޢު ކުރައްވަން ބޭނުންފުޅުވާކަން އެނގިގެން މިދިއައީ. އިސްލާމް ދީނަށާއި ރަސޫލާ (ޞޢވ) އަށް ހަޖޫ ޖެހުމުން ލޭކެކޭކަން ހަމަ މިއެނގެނީ. އެއީ ހަމަ އެކަން ވާނެވެސް ގޮތް! މުސްލިމަކު ނަމަ އަސަރުކުރާނެ! ލޭ ކެކޭނެ!"

ދިވެހިންނަކީ ޒަމާނުއްސުރެން ވާރުތަ ވެފައިވާ މުއްސަނދި އަދި މިނިވަން ސަގާފަތެއްގެ އަހުލުވެރިން ކަމަށްވިދާޅުވެ ޢެސަގާފަތް ނަގަހައްޓާ ދިރުވުމުކީ އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އެއް. ނޫންތޯ؟ ވެސް ޕްރޮފެސަރ ޢުޤައިލް ވަނީ ސުވާލުކުރައްވައިފައެވެ. 

މިއަދު އޮންލައިން