މަޙްލޫފް ރައީސް ޔާމީންގެ ދަރިކަލުންނަށް: ބައްޕަ ފެންނަ ކޮންމެ ފަހަރަކު ވަގަށް ގޮވާލީމަ މާ ކޫލް ވާނެ!

ކިޔުމަށް ހޭދަވާނީ 36ސ
މަޙްލޫފް ރައީސް ޔާމީންގެ ދަރިކަލުންނަށް: ބައްޕަ ފެންނަ ކޮންމެ ފަހަރަކު ވަގަށް ގޮވާލީމަ މާ ކޫލް ވާނެ!

ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފް އާއި ދިމާލަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދަރިކަލުން ޒެއިން "ވަގަށް" ގޮވުމުން ރައްދު ދެއްވައިފިއެވެ.

މިނިސްޓަރ މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އެމަނިކުފާނު ފެނިގެން ވަގަށް ގޮވިކަމަށާއި "ބައްޕަ ފެންނަ ކޮންމެ ފަހަރަކު ވަގަށް ގޮވާލީމަ މާކޫލް ވާނެ" ކަމަށެވެ.

"ރައީސް ޔާމީންގެ ދަރިފުޅު ޒެއިން އަޅުގަނޑު ފެނިގެން ވަގަށް ގޮވައިފި. އަޅުގަނޑަށް ހީވަނީ ބައްޕަ ފެންނަ ކޮންމެ ފަހަރަކު ވަގަށް ގޮވާލީމަ މާކޫލް ވާނެހެން" މިނިސްޓަރ ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.  

މިއަދު އޮންލައިން