"ﷲ ގެ ނަބިއްޔާ (ޞޢވ) ގެ ދިފާޢުގައި ބަސް ނުބުނެވޭ ހާލަތަކަށް މީހަކު ހިނގައްޖެ ނަމަ ދެން އެމީހެއްގެ ކިބައިން ހެވަކަށް (ހެޔޮ ކަމަކަށް) އުންމީދު ނުކުރާށެވެ!"- ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
ޝައިޚްގެ ބަސްފުޅުން އެނގިގެންދަނީ މަޤާމު ދިފާޢުކުރުމަށް ނުވަތަ އެނޫންވެސް ދުނިޔަވީ ސަބަބުތަކަށްޓަކައި ނަމަވެސް ﷲ ގެ ނަބިއްޔާ (ޞޢވ) ގެ ދިފާޢުގައި ބަސް ނުބުނެވޭ ހާލަތަކަށް މީހަކު ހިނގައްޖެ ނަމަ ދެން އެމީހެއްގެ ކިބައިން ހެވަކަށް (ހެޔޮ ކަމަކަށް) އުންމީދު ކުރުމެއް ނެތް ކަމެވެ. އެމީހެއްގެ ކިބައިން ރަނގަޅު އެއްވެސް ކަމެއް ފައުޅުވެދާނެ ކަމަށް ޤަބޫލުކުރުމެއް ނެތް ކަމެވެ.