އިންޑިއާ އެކްސްޕޯ ފެއަރ އަށް ރައީސް ޞާލިޙް ޒިޔާރަތް ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
އިންޑިއާ އެކްސްޕޯ ފެއަރ އަށް ރައީސް ޞާލިޙް ޒިޔާރަތް ކުރައްވައިފި

"އިންޑިއާ އެކްސްޕޯ 2019" ފެއަރ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި މި ޒިޔާރަތުގައި، އެކްސްޕޯގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި މަޢުލޫމާތު ހޯއްދަވާފައިވެއެވެ.

އެސްއެމްއީ އެންޑް އެންޓަރޕްރަނަރސް ފެޑަރޭޝަން އޮފް މޯލްޑިވްސް (ސެފްއެމް) އިން އިންތިޒާމުކުރި މި ފެއަރ ގައި އިންޑިޔާގެ 30 ވިޔަފާރިއަކުން ސްޓޯލްތައް ހުޅުވާފައިވެއެވެ.

މި އެކްސްޕޯގެ މަޤްޞަދަކީ އިންޑިޔާގެ ބައެއް ވިޔަފާރިތަކާއި އެފެރާތްތަކުގެ ބައެއް އުފެއްދުންތައް ރާއްޖޭގެ ވިޔަފާރިތަކާއި އާންމުންނަށް މާކެޓްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މިއަދު އޮންލައިން