ކުދިކުރި ކަންކަމުގަ ވެސް ޖަމިއްޔާތައް އުވާލަމުން ގެންދާއިރު އިސްލާމް ދީނަށް ގޮންޖެހީމަ އުވާލެވޭ ކަމަކަށް ނުވޭ! ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކުދިކުރި ކަންކަމުގަ ވެސް ޖަމިއްޔާތައް އުވާލަމުން ގެންދާއިރު އިސްލާމް ދީނަށް ގޮންޖެހީމަ އުވާލެވޭ ކަމަކަށް ނުވޭ! ޝައިޚް ޢަލީ ޒައިދު

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ  ޖަމިއްޔާތަކުގެ ހިންގާ ކޮމިޓީގެ ބައްދަލުވުން ނުބޭއްވުމާއި އަހަރީ ރިޕޯޓް ހުށަހަޅަން ޖެހޭ މުއްދަތުގައި ހުށަނޭޅުން ފަދަ ކުދިކުރި ކަންކަމުގަ ވެސް ޖަމިއްޔާތައް ދަނީ އުވާލަމުން ގެންދާއިރު އިސްލާމް ދީނަށް ގޮންޖެހުމުން ޖަމިއްޔާ އެމްޑީއެން އުވާލަން ސަރުކާރުން ފަސްޖެހޭތީ ޝައިޚް ޢަލީ ޒައިދު ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ. 

ޝައިޚް ޢަލީ ޒައިދު ވަނީ މިއީ ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ސަރުކާރުން އަމަލުކުރަން ހެޔޮވެދާނެ ގޮތްކަމާއިމެދު ސުވާލު އުފައްދަވައި ކަންބޮބޮޑުވުން ފައުޅު ކުރައްވައިފައެވެ. 

"އިސްލާމްދީނަށް ފުރައްސާރަކުރި ޖަމިއްޔާއެއް ބަންދުކޮށް، ޤާނޫނީ ފިޔަވަޅުއަޅަން ގޮވުމަކީ، މުޖުތަމައުގައި ފިތުނަ ފަސާދަ އުފެއްދުންކަމަށް ދެކޭ މީހުންގެ ބުއްދި ވީ ކޮންތާކުތޯ؟ އަޅެ- ޢަޖައިބު އަނތަރީސް ނުވަނީތޯ؟ އެމްޑީއެން އުވާލާ!" –ޝައިޚް ޢަލީ ޒައިދު

 

މިއަދު އޮންލައިން