އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީ އިން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީ އިން ނިންމައިފި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ގެ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކުރުމާއި ފަނޑިޔާރުންގެ މައްސަލަތަކަކީ ޖޭއެސްސީއަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު މިއަދު ވަނީ ބަޔާނެއް ނެރުއްވައިފައެވެ.

މިކަމާއި ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވާން އުއްތަމަ ފަނޑިޔާރަށް ދެންނެވުމުން އެކަމަށް ދެކޮޅު ހައްދަވައި، އެމަނިކުފާނު ސިޓީ ފޮނުއްވާފައިވާ ކަމަށާ އަދި އެ މައްސަލައާ ގުޅޭގޮތުން ހަގީގަތާ ޚިލާފް ވާހަކަތަކެއް އެމަނިކުފާނު އާންމު ކުރައްވާފައިވާ ކަމަށެވެ. 

އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނަކީ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރަން ހުރަސް އަޅައި، ނުފޫޒު ފޯރުވުން ކަމަށް ދެކޭ ކަމަށް ވެސް ޖޭއެސްސީންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖޭއެސްސީން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވި އެހެން ސުލޫކީ މައްސަލައެއްގައި އެމަނިކުފާނާ މެދު އެޅި ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް ނިންމި ކަމުގެ ލިޔުން އެމަނިކުފާނާ ހަވާލު ކުރެއްވުމުން އެ ލިޔުމާ ހަވާލުވެ ވަޑައިގަތުމަށް އިންކާރު ކުރައްވާފައިވާ ކަމަށާއި އެހެންވެ، އެކަންކަމާ ގުޅިގެން އެމަނިކުފާނުގެ ސުލޫކީ މައްސަލަ ބަލަން ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.

 

މިއަދު އޮންލައިން