ރ. ވާދޫ އަދި ލ. ކަލައިދޫގައި މިސްކިތް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓުރީގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި މި ދެރަށުގެ ދެ މިސްކިތް ވެސް އިމާރާތް ކުރަން ހަވާލުކޮށްފައިވަނީ އެސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިއެއްބަސްވުމުގައި އިސްލާމިކް މިނިސްޓުރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކު މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.
ކަލައިދޫ މިސްކިތް އިމާރާތް ކުރަން 5،004،185.04 ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ވާދޫ މިސްކިތް އިމާރާތް ކުރުމަށް 4،445،936.75 ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާއިރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި ދެރަށުގައި މިސްކިތް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.