ރާއްޖޭގައި އޮންނާނީ އިސްލާމްދީން. އިސްލާމްދީނަށް ގޮންޖަހައި، ދީނަށް ބަދުބަސް ބުނަން ފުރުޞަތެއް ނުދޭނަން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ރާއްޖޭގައި އޮންނާނީ އިސްލާމްދީން. އިސްލާމްދީނަށް ގޮންޖަހައި، ދީނަށް ބަދުބަސް ބުނަން ފުރުޞަތެއް ނުދޭނަން: ރައީސް ޞާލިޙް

އިސްލާމްދީނަށް ގޮންޖަހައި، އިސްލާމް ދީނަށް ބަދުބަސް ބުނެ، ރަސޫލާ (ޞޢވ) އަށް މަލާމާތްކުރުމުގެ ފުރުސަތު އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ދ. އަތޮޅަށް މިއަދު އެމަނިކުފާނު ފެށްޓެވި ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިމޭރުމުން ވިދާޅުވުމުގެ އިތުރުން ރާއްޖޭގައި އޮންނާނީ އިސްލާމްދީން ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

ޤައުމަށް އެންމެ މުހިންމީ ހަމަޖެހުންކަން ފާހަގަކުރައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދުވެސް ވިދާޅުވީ ހަމަޖެހުން ނެތް ތަނެއްގައި އިގްތިސޯދު ކުރިއެއް ނާރާނެ ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދާދި ފަހުން އެންޓި ޓެރަރިޒަމް ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ބޭނުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގާލުން ނޫން ކަމަށާއި އިސްލާމްދީނުގެ ނަމުގައި ފިތުނަ އުފެއްދުމަށް އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ.  އަދި އެކަންކަމަކީ ދިވެހިން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ވިދާޅުވީ ސީރިޔާ އާއި އަފްޣާނިސްތާނު ފަދަ ގައުމުތަކުގައި ކުރާ ހަނގުރާމަތަކަކީ ޓެރަރިސްޓް ހަނގުރާމަތަކެއް ކަމަށާއި އެއީ ދުނިޔެ ބަލައިގަންނަ ހަނގުރާމަތަކެއް ނޫން ކަމަށެވެ. 

ޤައުމީ ޔުނިވަރސިޓީން އިއްޔެ އެތަނުގެ ލެކްޗަރަރ އިންނަށް ކުރި އަމުރަށް ރައްދުވާފަދަ މޭރުމަކުން ވެސް ވިދާޅުވިއެވެ. "އަޅުގަނޑުގެ ސަރުކާރެއްގައި ގާނުނު އަސާސީން ލިބިދީފައިވާ އަސާސީ އެއްވެސް ހައްގެއް ނިގުޅައި ނުގަންނާނަން. އެހެންނަމަވެސް ހަމަނުޖެހުމަށް ގޮވާލާ ގޮވާލުންތައް ހުއްޓުވާނެ." 

ރައީސްގެ މި ބަސްފުޅުން ބޮޑަށް ދޭހަވަނީ ޤައުމީ ޔުނިވަރސިޓީން އިއްޔެ ކުރި އަމުރަކީ އެމަނިކުފާނުގެ އިޒުނަ އޮވެގެން ކުރި އަމުރެއް ނޫންކަން ކަމުގައި ފާހަގަކުރެވޭއިރު "ދީނީ ޢިލްމުވެރިންނާއިމެދު އެފަދަ ކަމެއްގައި ފިޔަވަޅު އަޅުވާނެ ކަމަށް އަމުރުގައި އޮތުމުން އެއީ  ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭނުންފުޅު ކުރައްވާނެ އިބާރާތެއް ނޫން ކަމަށް އެމަނިކުފާނުގެ އެންމެ އަރިސް ބައެއް މީހުން މިހާރުވެސް ވަނީ ވިދާޅުވެފައެވެ.   

ޤައުމީ ޔުނިވަރސިޓީގެ އެއްވެސް ލެކްޗަރަރ އަކު އެއްވެސް ހަމަނުޖެހުމަކަށް ގޮވާލައްވާފައެއް ނުވެއެވެ. އެބޭފުޅުން އަބަދުވެސް ވިދާޅުވެ ގޮވާލައްވަމުން ގެންދަވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމުން އަދަބު ދީ ފިޔަވަޅު އެޅުމަށެވެ. 

ރައީސް މިމޭރުމުން މިއަދު ވިދާޅުވެފައިވާއިރު ދީނީ ޢިލްމުވެރިން ގެންދަވަނީ އެމްޑީއެންގެ ރިޕޯޓަކީ ރާއްޖޭގައި ފިތުނަ އުފެއްދުމަށާއި މުސްލިމުންނަށް އަނިޔާކުރަން ރާއްޖޭގައި މިހައިތަނަށް ކުރި އެންމެ ވަރުގަދަ މަސައްކަތުގެ ގޮތުގައި ސިފަކުރައްވަމުންނެވެ. 

 

މިއަދު އޮންލައިން