ވަޒީފާގެ ބިރު ދައްކައިގެން، ﷲ އާއި ރަސޫލް (ޞޢވ)ގެ ދިފާޢުގައި ޞުލްޙަވެރިކަމާއިއެކު މިކުރާ މަސައްކަތް ހުއްޓުވައިލެވޭނެކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށާއި އެކަމެއް ނުހުއްޓުވޭނެ ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޤާނޫނާ ޚިލާފްވެފައިވާ ޖަމިއްޔާ އުވާލަން ގޮވައިލައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެ މިއަދުވެސް ޝައިޚް ވަނީ އެމްޑީއެން އުވާލަން ސަރުކާރަށް ގޮވާލައްވައިފައެވެ.
"ވަޒީފާގެ ބިރު ދައްކައިގެން، ﷲ އާ ރަސޫލް (ޞޢވ)ގެ ދިފާޢުގަ ޞުލްޙަވެރިކަމާއިއެކު މިކުރާ މަސައްކަތް ހުއްޓުވައިލެވޭނެކަމަށް ހީކުރުމަކީ މޮޔަކަމެއް! އެކަމެއް ނުވާނެ އިން ޝާ ﷲ! ޤާނޫނާ ޚިލާފްވެފައިވާ ޖަމިއްޔާ އުވާލަން ގޮވާލާނަން! އިން ޝާ ﷲ!- އެމްދީއެން އުވާލާ!"- ޝައިޚް ޢަލީ ޒައިދު
Vazyfaa ge biru dhakkaigen, Allah aa Rasoola (SAW) ge dhifaauga, sul'haveri kamaa eku mikuraa masahkai huttuvaaleveyne kamah hykurumaky moya kameh! Ekameh nuvaane insha Allah! Qaanoonaa ves khilaaf vefaivaa e jamiyya uvaalan govaalaanan insha Allah!#BanMDN
— Ali Zaid (@alizaid1000) October 16, 2019