މަޑުއްވަރީ އާއި އިހަވަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
މަޑުއްވަރީ އާއި އިހަވަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރ. މަޑުއްވަރީ އާއި ހއ. އިހަވަންދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވން ތަކުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

މަޑުއްވަރީ ބަނދަރުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ 68.6 މިލިއަން ރުފިޔާ އަށެވެ. އަދި އިހަވަންދޫގެ ބަނދަރުގެ މަޝްރޫއު ހަވާލުކުރީ 51.7 މިލިއަން ރުފިޔާ އަށެވެ.

 

މިއަދު އޮންލައިން