ވުޖޫދުގައި ނެތް ކުންފުންޔަކަށް ވެސް ފަޅެއް ދީފައިވޭ: ޓޫރިޒަމް މިނިސްޓަރ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ވުޖޫދުގައި ނެތް ކުންފުންޔަކަށް ވެސް ފަޅެއް ދީފައިވޭ: ޓޫރިޒަމް މިނިސްޓަރ

ކ. އަތޮޅުގެ ފަޅެއްގައި ރިސޯޓް ހަދަން ވުޖޫދުގައި ނެތް ކުންފުންޔަކަށް ފަޅެއް ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރއަލީ ވަހީދު މިހެން ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސަރުކާރަށް ކަންކަން ކުރުމުގައި ލަސްވަނީ ހަމައެކަނި ދަތި އުނދަގޫ މައްސަލަތަކުގައި އެކަނި ކަަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ. އޭގެތެރޭގައި ކ. އަތޮޅުގެ ފަޅެއްގައި ރިސޯޓް ހަދަން ދިން ސަނީ ހޯލްޑިންގްސް ކިޔާ ކުންފުނި އޭރު ވުޖޫދުގައިވެސް ނެތް މައްސަލަ މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. 

ކުރީގެ ބަންޑާރަނައިބު އެކަމަށް ލަފާދެއްވައި އެކަން އެއީ ހިނގާފައި އޮތް ކަމަަކަށް ވާތީ މަޝްވަރާކުރުމަށްފަހު މިހާރުގެ ބަންޑާރަނައިބުގެ ލަފަޔަކަށް އެކަންވެސް ފޮނުވަން ނިންމާފައިވާކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވި އެވެ.

 

މިއަދު އޮންލައިން