އައިއޯއައިޖީގަ ޓީޓީން ރާއްޖެ ހޯދި ކާމިޔާބީ ފާހަގަކުރުމުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
އައިއޯއައިޖީގަ ޓީޓީން ރާއްޖެ ހޯދި ކާމިޔާބީ ފާހަގަކުރުމުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފި

މޮރިޝަސްގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އަންހެނުންގެ ޓޭބަލް ޓެނިހުން ދިވެހި ޓީމު ރަންމެޑަލް ކާމިޔާބު ކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ދިވެހިޓީމަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އުފާފާޅު ކުރުމުގައި ބައިވެރިވެ ވަޑައިގެންފިއެވެ. 

އައި.އޯ.އައި،ޖީގައި ދިވެހި ފިރިހެން ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑަލް ހޯދާފައެވެ. 

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު ކުރިއަށްދިޔަ ކުޅިވަރުތަކުގެތެރެއިން ބާސްކެޓް، ބީޗް ވޮލީ، ބެޑްމިންޓަން، ސުވިމިންގ، ވޮލީ އަދި ޓޭބަލް ޓެނިހުގައި ރާއްޖޭގެ ޓީމުތައް ވާދަކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މިއަދު ވެސް ވަނީ ދިވެހި ޓީމުތަކުގެ ބައެއް ކުޅިވަރުތައް ކުރިއަށްދިއަ ވަގުތުތަކުގައި ކުޅިވަރުތައް ބައްލަވާލެއްވުމަށް ޒިޔާރަތްކުރައްވައި ދިވެހި ޓީމުތަކަށް ތަރުހީބު ދެއްވާފައެވެ.

 

މިއަދު އޮންލައިން