މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން،މި ޖުލައި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް ދައުލަތުގެ ތަފާތު ދާއިރާތަކުން ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް ދަޢުވަތު އަރުވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
ރަސްމީ ބައްދަލުކުރެއްވުމަށް ދަޢުވަތު އަރުވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަޢުވަތު ކާޑު ފޮނުއްވަން މިހާރުވަނީ ފަށްޓަވާފައެވެ.