ރައީސުލްޖުމްހޫރިއްޔާ، މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރައީސުލްޖުމްހޫރިއްޔާ، މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ!

މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވަނީ އެމަނިކުފާނު ޤައުމާއި މުޚާޠަބު ކުރައްވާނީ، މިނިވަންދުވަހުގެ ހެނދުނު 10 ޖަހާއިރު ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ކަމަށެވެ. 

ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ އިނގިރޭސީންގެ އިސްތިޢުމާރީ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވި އެގްރިމަންޓްގައި ސޮއިކުރި ދުވަސްކަމަށްވާ ޖުލައި 26 ވަނަ ދުވަހެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ 1965، ޖުލައި 26 ވަނަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ބަޠޮލް، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު (ރ.ބ.ކ، ނ.ޣޢ.ވ) އެވެ. ހެކިންގެ ގޮތުގައި ތިއްބެވީ މަރްޙޫމް ޢަލީ ޢުމަރު މަނިކު (ކޮލި ޢަލި މަނިކު) އާއި މަރްޙޫމް (ޢަބްދުއްސައްތާރު މޫސާ ދީދީއެވެ. ރަސްމިއްޔާތުގައި އެހީތެރިއެއްގެ ގޮތުން މަސައްކަތްކުރެއްވީ މަރްހޫމް ކަނޑި އަޙްމަދު އިސްމާޢީލް މަނިކު އެވެ.

 

 

 

 

މިއަދު އޮންލައިން