ދެހާސް އަށާރަ ވަނަ އަހަރު އޯލެވެލް ޓޮޕްޓެންގަ ހިމެނުނު ހަތަރުސަތޭކަ ފަސް ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުން ބާރަ ސެޕްޓެމްބަރުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ދެހާސް އަށާރަ ވަނަ އަހަރު އޯލެވެލް ޓޮޕްޓެންގަ ހިމެނުނު ހަތަރުސަތޭކަ ފަސް ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުން ބާރަ ސެޕްޓެމްބަރުގަ!

2018 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމާ އިމްތިހާންތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ހަފްލާ، 12 ސެޕްޓެމްބަރ 2019ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިދިއަ އަހަރު ސާނަވީ ތަޢުލީމު ނިންމި ނުވަތަ އޯލެވެލް އިމްތިހާންގައި 5000އަށްވުރެ ގިނަ ދަރިވަރުން ރާއްޖޭގެ ސްކޫލްތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި 405 ކުއްޖަކު ވަނީ ޓޮޕްޓެންގައި ހިމެނިފައި ކަމަށާއި މި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދިނުން ސެޕްޓެމްބަރ 12 ވަނަ ދުވަހު އޮންނަ ޖަލްސާގައި އޮންނާނެއެވެ.

މަތީ ސާނަވީ ތަޢުލީމު ނިންމާ އިމްތިހާންތަކުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމުގެ ޚާއްސަ ހަފްލާ މި ހިނގާ ޖުލައިމަހުގެ ނުވަ ވަނަ ދުވަހު ވަނީ ދަރުބާރު ގޭގައި ބާއްވާފައެވެ.

މިއަދު އޮންލައިން