މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެޤައުމަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
މޮރިޝަސްގެ ސަރ ސީވޫސަގަރު ރަމްގޫލަމް އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޚަބާ ދެންނެވީ އެ ޤައުމުގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ޝޯން ކްރިސްޓޯފް ސްޓެފެން ޓުސައިންއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިދަތުރުފުޅުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާނެ އެއްކަމަކީ 2023 ގައި ބާއްވާ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކަމުގައި ފާހަގަކުރެވެއެވެ.