ވާހަކަ ދެއްކުމުގެ މުބާރާތުގެ ތަށި ސީއެއްޗްއެސްއީ އިން މިލްކު ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ވާހަކަ ދެއްކުމުގެ މުބާރާތުގެ ތަށި ސީއެއްޗްއެސްއީ އިން މިލްކު ކޮށްފި

މިއަހަރު ބޭއްވި ރާއްޖޭގެ 34 ވަނަ ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގެ މަތީ ސާނަވީ ގިންތިން 1 ވަނަ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން އިން ހޯދައި މުބާރާތުގެ ތަށި އެ ސެންޓަރުން މިލްކުކޮށްފިއެވެ. މިއަހަރަކީ މުބާރާތުގެ 1 ވަނަ އެ ސެންޓަރުން ޙާޞިލުކޮށް ތަށި ވިދިވިދިގެން އެ ސެންޓަރުން ޙާޞިލުކުރި 3 ވަނަ ފަހަރެވެ. 

މުބާރާތުގެ ނަތީޖާ ފައުޅުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ތަށި ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުއެވެ. 

މިއަހަރުގެ މުބާރާތުގައި މާލެއާއި ރާއްޖެތެރޭގެ ސްކޫލްތަކުން 497 ދަރިވަރުން ބައިވެރިވެ ވާހަކަ ދެއްކިއެވެ. އަދި އޮފީސްތަކާއި ކްލަބް ޖަމިއްޔާތަކުން ވަނީ ބަހުސްވެސް ކޮށްފައެވެ. 

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ 100 ހަމަ ނުވާ އަދަދެއްގެ ދަރިވަރުން ބައިވަރުން ބައިވެރިވަމުން އައި މި މުބާރާތުގައި މިހައި އަދަދަދެއްގެ ބައަކު ބައިވެރިވުމުން އެނގިގެންދަނީ ދިވެހި ބަހަށް، ދިވެހިބަހުން ރިވެތިކޮށް ވާހަކަދައްކަން ޝައުޤުވެރިކަން އިތުރުވަމުން އަންނަ މިންވަރު ކަމަށެވެ.

މިއަދު އޮންލައިން