ފަރުދުން ދޭ ގެއްލުމުގެ ބަދަލު އެމީހުންގެ އަތުން ނަގަން ޖެހޭނެ! ޝަރީޢަތްކޮށް އަދަބުވެސް ދޭންޖެހޭނެ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ފަރުދުން ދޭ ގެއްލުމުގެ ބަދަލު އެމީހުންގެ އަތުން ނަގަން ޖެހޭނެ! ޝަރީޢަތްކޮށް އަދަބުވެސް ދޭންޖެހޭނެ: ޝައިޚް ޢަލީ ޒައިދު

ވަކިވަކި ފަރުދުން ރައްޔިތުންނަށް ދައުލަތަށް ޤަޞްދުގައި ދޭ ގެއްލުމުގެ ބަދަލު އެމީހުންގެ އަތުން ނެގުމަކީ އެންމެ އިންޞާފުވެރި ގޮތެވެ. އަދި އެމީހުންނަށް ޝަރީޢަތް ކުރެވި އަދަބު ލިބެން ޖެހޭނެއެވެ! – ޝައިޚް ޢަލީ ޒައިދު 

ޝައިޚް ޢަލީ ޒައިދު މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި 1.4 ބިލިއަނަ ރުފިޔާގެ ގެއްލުމެއް ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ދިނުމުގެ މައްސަލައިގައި ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ވަގުތެއްގައެވެ. 

މި ބޮޑު ޚިޔާނަތުގެ މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސް އާއި އެމްއެމްއޭގެ ގިނަ އަދަދެއްގެ މުވައްޒިފުންގެ ބައިވެރިވުން އޮތްކަން މިހާރު ވަނީ ހާމަވެފައެވެ. ވީމާ މިބޮޑު ގެއްލުން ދިނުމުގައި ބައިވެރިވި އެންމެންގެ މައްޗަށް ޝަރީއަތް ކުރެވި ޒިންމާދާރުކުރުވެން ޖެހޭނެކަން ޝައިޚްގެ މިބަސްފުޅުން އެނގިގެންދެއެވެ.

 

މިއަދު އޮންލައިން