ވިލާ ކޮލެޖުގެ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް އެންޑް އިނޮވޭޝަން" ކޮންފަރެންސް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ވިލާ ކޮލެޖުގެ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް އެންޑް އިނޮވޭޝަން" ކޮންފަރެންސް ފަށައިފި

ވިލާ ކޮލެޖުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް އެންޑް އިނޮވޭޝަން ކޮންފަރެންސް" މިއަދު ފަށައިފިއެވެ.

މިކޮންފަރެންސް އަށް މިއަހަރު ކަނޑައަޅާފައިވާ ތީމަކީ "ޓްރާންސްފޯމެޓިވް ތިންކިން - ލީޕް ޓު ދަ ފިއުުޗާ" އެވެ. 

މިކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ރަނގަޅު ދިރާސާއަކީ ކަންކަން ނިންމާއިރު މުހިއްމު އެއްޗެއްކަން އަންގައިދިނުން ކަމަށް ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވަނީ ވިދާޅުވެފައެވެ.

މިކޮންފަރެންސްގައި ބައިވެރިވާ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނައިރުިކޮންފަރެންސަށް 60 އަށްވުރެ ގިނަ ޕޭޕަރު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބޭރުގެ ރިސާޗަރުން ހިމެނެ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މިކޮންފަރެންސްގައި ތަފާތު އަށް ދާއިރާއަކާ ގުޅޭގޮތުން ހަތަރު ކީނޯޓް ސްޕީޗް އާއި ފަސް ޕެނަލް ޑިސްކަޝަން ހިމެނއެވެ.

 

މިއަދު އޮންލައިން