ވީއައިއޭގެ އާ އޭޕްރަން ރަސްމީކޮށް ހުޅުވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ވީއައިއޭގެ އާ އޭޕްރަން ރަސްމީކޮށް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އޭޕްރަން ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ސައުތު ވެސްޓް އެޕްރަން ރަސްމީކޮށް ހުޅުވުމުގެ ގޮތުން ފުރަތަމަ މިތަނުގައި ޕާކް ކުރީ ބެންކޮކުން ރާއްޖެ އައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ.

މި ބޯޓަށް މަރުހަބާކިޔުމަށް ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ. އަދި އެމްއޭސީއެލް ގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ކުންފުނިން ތަރައްގީ ކުރި، ސައުތު ވެސްޓް އެޕްރަން ގައި 70،000 އަކަމީޓަރު ހުރެ އެވެ. މި އޭޕްރަން ތަރައްގީ ކުރަމުން ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ނިމުނުއިރު، އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވަނީ ފަށާފައެވެ.

މަތިންދާ ބޯޓަށް ފަސޭހަކަމާއެކު ތެޔޮ އަޅާލެވޭ މިއޭޕްރަން ހަދާފައިވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ އެއާޕޯޓުތަކުގެ ސްޓޭންޑަޑަށެވެ.

އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމޭއިރު އެއް ފަހަރާ 21 މަތިންދާ ބޯޓު ޕާކު ކުރެވޭނެ ޖާގަ އޮންނާނެ އެވެ. 

 

 

މިއަދު އޮންލައިން