މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން މާދަމާ މޮރިޝަސްއަށް ފުރާވަޑައިގަންނަވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސްގެ ދެކަނބަލުން މާދަމާ މޮރިޝަސްއަށް ފުރާވަޑައިގަންނަވަނީ

މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް ރަސްމީ ދަތުރުފުޅެއްގައި މާދަމާ ފުރާވަޑައިގަންނަވާނެއެވެ.

މިހިނގާ ޖުލައި މަހުގެ 18 އިން 23 އަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޮރިޝަސްއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މީގެއިތުރުން މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައި މޮރިޝަސްގެ ޕޯޓް ލުއީގައި ކުރިޔަށްދާ އައި.އޯ.އައި.ޖީގެ އެކި ކުޅިވަރުތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން