ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް 7 އަށް އިތުރުކުރަން މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް 7 އަށް އިތުރުކުރަން މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފި

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް 7 އަށް އިތުރުކުރަން މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފިއެވެ. މިކަމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 74 މެންބަރުންވެސް ވަނީ ހުށަހެޅުމަށް ތާއީދުކޮށްފައެވެ.

މިއީ ކޯޓުތަކުގެ ޤާނޫނަށް މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ހުށަހެޅުއްވި އިޞްލާޙެކެވެ. މިއިޞްލާޙަށް ކޮމިޓީ މަރުޙަލާގައި އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ފެހި ޤާނޫނު އަސާސީގެދަށުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު 18 ސެޕްޓެމްބަރު 2008ގައި އުފައްދައި ހިންގަމުން އައީ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ. 7 ފަނޑިޔާރުންނަށް އިތުރުކުރީ 2010 ވަނަ އަހަރު އެމްޕީގެ ވެރިކަމުގައެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި އަޙްމަދު ފާއިޒު މަޤާމުން ބޭރުކޮށްލުމަށާއި މުޢްތަސިމް ޢަދްނާން ފަނޑިޔާރުކަމުން ދުރުކުރުމަށްޓަކައި ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ކުއްލި ގޮތަކަށް 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ސްޕްރީމް ކޯޓުގެ ބެންޗް 5 އަށް މަދުކޮށްފައެވެ.

ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓު 18 ސެޕްޓެމްބަރު 2008 ގައި އުފައްދަންދެން ޝަރުޢީ ނިޒާމުގެ ވެސް އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިއަދު އޮންލައިން