ނުކުޅެދޭ މީހުންނަށް ދޭ އިނާޔަތްތައް ބޮޑުކުރަންޖެހޭކަން ހުރިހާ މެންބަރުން ވެސް ޤަބޫލް ކޮށްފި- ބިލް ބަލައިގަންނާނެ ކަމަށް އުންމީދުކުރަން!: ކާނަލް ނާޒިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ނުކުޅެދޭ މީހުންނަށް ދޭ އިނާޔަތްތައް ބޮޑުކުރަންޖެހޭކަން ހުރިހާ މެންބަރުން ވެސް ޤަބޫލް ކޮށްފި- ބިލް ބަލައިގަންނާނެ ކަމަށް އުންމީދުކުރަން!: ކާނަލް ނާޒިމް

ނުކުޅެދޭ މީހުންނަށް ދޭ އިނާޔަތްތައް މިހާރަށްވުރެ ބޮޑުކުރަންޖެހޭކަން މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ޤަބޫލް ކޮށްފި ކަމަށާއި އެހެންކަމުން ބިލް ބަލައިގަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ދަނގެތި ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ނާޒިމް މިއަދު ވިދާޅުވީ ބިލް ހުށްހެޅުއްވި އިރު ސަރުކާރާއި މަޝްވްރާ ނުކުރާކަން ބައެއް މެންބަރުން ފާހަގަކުރި ކަމަށާއި ޖުމްހޫރީ ޕާޓީއަކީ ކޯލިޝަން ޕާޓްނަރެއް ނަމަވެސް ސަރުކާރުން 19 ވަނަ މަޖިލީހަށް ހުށަހެލި އެއްވެސް ބިލެއް ހުށަހަޅާފައިވަނީ އެޕާޓީ އާއި މަޝްވަރާ ކޮށްފައި ނޫން ކަމަށެވެ. އެހެންކަމުން ސަރުކާރާއި މަޝްވަރާނުކުރައްވައި ބިލް ހުށަހެޅުއްވުން އެއީ ބިލް ބަލައި ގަންނަން ނުޖެހޭ ސަބަބަކަށް ނުހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑު ކުރަން ޖެހޭ ކަމަށް ހުރިހާ މެންބަރުންވެސް ޤަބޫލުކުރާއިރު ބިލް ބަލައިގަނެ ކޮމިޓީއަށް ގެންގޮސް ގެންނަން ޖެހޭ އިޞްލާޙްތައް ގެނެސްގެންވެސް ބިލް ފާސްކޮށް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަސް ދޭ އިނާޔަތްތައް އިތުރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދު އޮންލައިން