މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަދީފައިވާ "އަލް ހަރަމައިން" ހައްޖު ޖަމާއަތުން އިތުރަށް ފައިސާ ނަގާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ މިމައްސަލައިގައި "އަލް ހަރަމައިން" ޖަމާއަތުގެ ބައެއް މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މިހާރު ބަޔާން ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.
މިމައްސަލައިގައި އަލްހަރަމައިން ގްރޫޕުގެ އިސްވެރިން އިސްލާމިކް މިނިސްޓްރީއަށް ވެސް ހާޒިރުކޮށް ވަނީ ސުވާލުވެސް ކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން "އަލް ހަރަމައިން" ޖަމާއަތަށް ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވަނީ 69،965 ރުފިޔާއަށެވެ.