އުއްތަަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ބަޔާން ނަގައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
އުއްތަަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ބަޔާން ނަގައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އުއްތަަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ ބަޔާން ނަގައިފިއެވެ.

ޖޭއެސްސީ ނަގާފައިވަނީ އުއްތަަމަ ފަނޑިޔާ އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފްގެ ބަޔާނެވެ.

ޖޭއެސްސީ ޑިރެކްޓަރު ހަސަން ޒަހީން ވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ޖޭއެސްސީ އިން ބަޔާން ނަގާފައިވާ ފަނޑިޔާރުންގެ ތެރެއިން އަރީފަކީ ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ މެންބަރެވެ. އަދި ޖޭއެސްސީގެ ރައީސް ވެސް މެއެވެ.

މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވި ފުލުހުން މައްސަލަ ބަލަން ފެށުމާ އެކު އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި މަގާމުން ވަކިކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

މިއަދު އޮންލައިން