މޮރިޝަސް ގެ ބޮޑު ވަޒީރަށް ރައީސް ޞާލިޙުގެ ސިޓީފުޅެއް!

ކިޔުމަށް ހޭދަވާނީ 47ސ
މޮރިޝަސް ގެ ބޮޑު ވަޒީރަށް ރައީސް ޞާލިޙުގެ ސިޓީފުޅެއް!

މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީފުޅެއް ފޮނުއްވައިފިއެވެ. މިސިޓީފުޅު މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސްގެ ފަރާތުން އެރުއްވީ ފޮރެން މިނިސްޓަރ އަބްދުﷲ ޝާހިދު އެވެ.

 

މިނިސްޓަރ ޝާހިދާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މޮރިޝަސް އަށް ވަޑައިގަތީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ތާއީދު ހޯދުމަށް ކުރައްވާ މަސައްކަތުގަ އެވެ. ޝާހިދާއި ޖަގްނައުތު ބޭއްވެވި ބައްދަލުވުމުގައި މަހުލޫފު ވެސް ބައިވެރި ވަޑައިގެންނެވިއެވެ.

 

އެބައްދަލުވުމަށް ފަހު މީޑިއާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން މިހާތަނަށް 10 ފަހަރު ބައިވެރިވެފައިވާ ކަމަށާއި ދިވެހި އެތުލީޓުންނަށް މި ސަރަހައްދުގެ ގައުމުތަކުން ދިން މެހުމާންދާރީ އަނބުރާ ދޭން ރާއްޖޭން ބޭނުންވާ ކަމަށެވެ.

މިއަދު އޮންލައިން