"ސާބަސް ޔަންމާ" ޕްރޮމޯޝަން އެމްޓީސީސީން މިއަދު ފަށައިފިއެވެ.
އެމްޓީސީސީ ކަށަވަރު ޝޯރޫމުގައި ބޭއްވި ހަފުލާއެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ ފިޝަރީޒް މިިނިސްޓަރު ޒަހާ ވަހީދުއެވެ.
މިޕްރޮމޯޝަންގައި އިންޖީން ބައްލަވައިގަތުމަށް 10 ޕަސެންޓް ބުކިންފީ ދައްކަވާ ފަރާތްތަކަށް 100،000 އިން ފެށިގެން 300،000 ރުފިޔާއާހަމަށް އޮޑިއަށާއި އިންޖީނަށް ބޭނުންވާ އެހެން ސާމާނު މުޅިން ހިލޭ ލިބިލައްވާނެކަމަށް އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ ޢިސްމާއިލް އަދުހަމް ވިދާޅުވިއެވެ.
އަދުހަމް ވިދާޅުވީ "މި ޕްރޮމޯޝަނުގެ ދަށުން އިންޖީނު ގަންނަ ފަރާތްތަކަށް އަޅުގަނޑުމެން މިގެންދަނީ ބައިވަރު އެކްސަސަރީސްތައް ދެމުން. މީގެ ތެރޭގައި ފިޝް ފައިންޑާސް، ކާސްޓްރޯލް އޮއިލް އަދި ހުންގާނު ސިސްޓަމް ހިމެނޭނެ. އެހެންވީމާ މި ޕްރޮމޯޝަނުގައި 78 ހޯސްޕަވަރުގެ އިންޖީނު ބައްލަވައިގަންނަ ފަރާތްތަކަށް އެއް ލައްކަ ރުފިޔާގެ އެކްސަސަރީސް ލިބޭ. އަދި 829 ހޯސްޕަވަރުގެ އިންޖީނު ބަލައިގަންނަ ފަރާތްތަކަށް ތިން ލައްކަ ރުފިޔާގެ އެކްސަސަރީސް ލިބޭނެ،"ކަމަށެވެ.
ގަންނަ ކޮންމެ އިންޖީނާއެކު އެކި ބާވަތުގެ އެކްސަސަރީސް ލިބޭނެ މިމިޕްރޮމޯޝަން އޮންނާނީ އަންނަ މަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޯގަސްޓް 31 ގެ ކުރިން ބުކިން ފީގެ ގޮތުގައި 10 ޕަސެންޓު ދައްކަން ޖެހެއެވެ. އަދި ހުރިހާ ޕޭމަންޓެއް 31 ޑިސެމްބަރުގެ ކުރިން ދައްކާ ހަލާސްކުރަން ޖެހެއެވެ.
މި ޕްރޮމޯޝަނަކީ އަލަށް ދޯނި ބަންނަ ފަރާތްތަކަށް ވަރަށް މުހިންމު ޕްރޮމޯޝަނެއް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
ސާބަސް ޔަންމާ 2019 ޕްރޮމޯޝަން ލޯންޗްކުރުން
— MTCC Plc (@MTCCPlc) July 15, 2019
ޕްރެސް ރިލީޒްhttps://t.co/Umg7V0FstZ pic.twitter.com/FAA00wapIe