އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ފަތުހުﷲ އިސްމާޢީލް އާއި އަހުމަދު އަބޫބަކުރު އިންތިޚާބު ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ފަތުހުﷲ އިސްމާޢީލް އާއި އަހުމަދު އަބޫބަކުރު އިންތިޚާބު ކޮށްފި

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ފަތުހުﷲ އިސްމާޢީލް އާއި އަހުމަދު އަބޫބަކުރު އިންތިޚާބު ކޮށްފިއެވެ.

މިދެބޭފުޅުން އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބު ކޮށްފައިވަނީ ރޭ ހޮޓެލް ޖެންގައި ބޭއްވި އެކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ނެގުނު ވޯޓުގެ 35 އިންސައްތައިން ފަތުހުﷲ އިސްމާޢިލް އިންތިޚާބުވެފައިވާއިރު އަހުމަދު އަބޫބަކުރު އިންތިޚާބުވެފައިވަނީ ނެގުނު ވޯޓުގެ 34 އިންސައްތަ ލިބިގެންނެވެ. 

މި ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މިއަހަރަށް ކުންފުންޏަށް އޮޑިޓަރުން ކަނޑައެޅުމުގެ އިތުރުން ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ބަހާނެ ހިއްސާއާއި ގުޅޭގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާއިމެދު ވޯޓު ނަގާފައިވެއެވެ. 

އެމްޓީސީސީގެ ބޯޑުގައި ޖުމްލަ 7 ޑިރެކްޓަރުން ތިއްބަވައެވެ.

މިއަދު އޮންލައިން