ބަގީޗާއަށް ގެއްލުނު ކައިވެނީގެ އަނގޮޓި ފަނަރަ އަހަރު ފަހުން ކެރެޓެއްގައި އެޅުވިފައިވަނިކޮށް ފެނިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ބަގީޗާއަށް ގެއްލުނު ކައިވެނީގެ އަނގޮޓި ފަނަރަ އަހަރު ފަހުން ކެރެޓެއްގައި އެޅުވިފައިވަނިކޮށް ފެނިއްޖެ

މޭރީ ގޯމީއަށް ކައިވެނީގައި ލިބުނު ޑައިމަންޑް ޖެހި އަނގޮޓި ގެއްލުނީ ގޭގެ ބަގީޗާ ހައްދާ ސަރަހައްދުގައެވެ. އަނގޮނޓީގެ މުހިންމުކަމުން މުޅި ސަރަހައްދު ހޯދި ނަމަވެސް ވަނީ ނުފެނިފައެވެ. ނަމަވެސް އަޖައިބަކަށްވީ އެއިގެ 15 އަހަރު ފަހުން މާމަ ދަރިފުޅަކު ކެރެއްޓް ކަނޑަން ކޮނުނު ކޮނުމުގައި ކެރެޓެއްގައި އެޅުވިފައި އިންދާ އެއަނގޮޓި ފެނުމުންނެވެ.  

މިއަނގޮޓިއަކީ 1951 ވަނަ އަހަރު މޭރީގެ ފިރިމީހާ ނޯމަން ދެމަފިރިންގެ ކައިވެނީގައި މޭރީއަށް ހަދިޔާކުރި އަނގޮޓިއެކެވެ. ނޯމަން މިހާރު ވަނީ މަރުވެފައެވެ. އެހެންކަމުން މޭރީއަށް މި އަނގޮޓިއަކީ މިހާރު ވަރަށް އަގުބޮޑު އެއްޗެކެވެ. 

އެއްޗެއް ގެއްލުނު ނަމަވެސް އެ އެއްޗެއް އަނބުރައި ދެއްވަވަން އިރާދަ ކުރައްވަވައިފިނަމަ އެ އެއްޗެއް އަނބުރައި އެމީހަކަށް ދެއްވަވާނެ ކަން މިހާދިސާއިން އެނގިގެންދެއެވެ. 

ގުޅުންހުރި ވީޑިއޯ:

 

 

 

މިއަދު އޮންލައިން