އެސްޓީއޯގެ މުވައްޒިފުންނަށް ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ މަސައްކަތް މަޑުޖައްސައިލުމަށްފަހު އަލުން ފަށައިފި އެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމަރު އިއްޔެ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވީ މަޝްރޫއު މަޑުޖައްސައިލަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މަޝްރޫޢުގައި ޑިޒައިންކޮށްފައިހުރީ 1 ކޮޓަރީގެ އެޕާޓްމަންޓް ތަކަކަށް ވުމުން ކަމަށެވެ. "މިއަދު ސިންގަލްކޮށް ހުރި މުވައްޒިފުން މާދަމާ ބައިވެރިއަކު ހޯދާނެ. ދަރިންވެސް ލިބޭނެ. ވީމާ އެއް ކޮޓަރީގެ ފްލެޓެއްގެ ބޭނުމެއް ނުހިފޭނެ."
މީގެ އިތުރުން އަމްރު ވިދާޅުވީ މުވައްޒިފުންގެ މުސާރައިން އުނިކުރަމުން އައި ބައި އުނިކުރުން ހުއްޓައިލީ އެވަރުގެ އަދަދެއް އުނިކުރުމުން ދިރިނުއުޅެވޭނެތީ ކަމަށެވެ.
މިސާލަކަށް މުވައްޒިފަކަށް ލިބިދާނެ މުސާރައަށް މަހަކު 10000 ރުފިޔާ، ލިބޭ މުސާރައިން ކުލިވެސް ދައްކައިގެން ގިނަ ބައަކު ދިރިއުޅެނީ މިހާރުވެސް. ދެން އެއިން 6000 ރުފިޔާ އުނިކުރީމާ ކިހިނެއްތޯ މުވައްޒިފް ދިރިއުޅޭނީ؟ އެހެންވެ މުސާރައިން އުނިކުރުން މަޑުޖައްސައިލީ."
އަމްރު ވިދާޅުވީ 2 ކޮޓަރީގެ ފްލެޓްތަކަށް ބަދަލުކުރުމުން އިމާރާތަށް އަންނަ ބަދަލުގެ މައްސަލަ ޙައްލުކުރަން މިހާރު ގެންދަވަނީ އެޗްޑީސީ އާ މަޝްވަރާ ކުރައްވަމުން ކަމަށެވެ.