ޖުލައި 2 އިން 6 އަށް އެސްޓީއޯއިން ކުރިއަށް ގެންދާ "ވެއެއަރހައުސް ސޭލް" ފަށައިފިއެވެ.
އެސްޓީއޯ 7 ނަންބަރު ކޮށީގައި (އަމީނީމަގު/ އެސްޓީއޯ ސުޕަރމާރޓް ގުދަން) ރޭގަނޑު 20:00 އިން 23:00 ކުރިއަށްދާ މި ސޭލްގައި އިލެކްޓުރޯނިކް އައިޓަމްތައް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯ އިން ބުނީ ސޭލްގައި އެންމެ ޙާއްސަކަމަކީ ހުރިހާ އެއްޗެއްވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުރުމާއި ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަރމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނުތައްވެސް ލިބެން ހރުން ކަމަށެވެ.

ސޭލްގެ ފަހު ދެދުވަހު (ހުކުރު ،ހޮނިހިރި) ގައި ހަވީރު 16:00 އިން ރޭގަނޑު 00:23 ކުރިއަށްދާނެއެވެ.
ވެއެއަރހައުސް ސޭލް ކުރިއަށްދާއިރު މިސޭލަށް ޒިޔާރަތް ކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވިގެންދާނެއެވެ.
އެސްޓީއޯއިން މަޢުލޫމާތު ދިން ގޮތުގައި އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބާވަމުން އަންނަ ވެއަރހައުސް ސޭލްއަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލބެމުންނެވެ.