ބޮޑެތި ޑިސްކައުންޓްތަކާއަކު އެސްޓިއޯ ވެއަރހައުސް ސޭލް ޖުލައި 2 ން 6އަކަށް ބާއްވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ބޮޑެތި ޑިސްކައުންޓްތަކާއަކު އެސްޓިއޯ ވެއަރހައުސް ސޭލް ޖުލައި 2 ން 6އަކަށް ބާއްވަނީ!

އެސްޓިއޯއިން ޖުލައި 2 އިން 6 އަށް ވެއެއަރހައުސް ސޭލެއް ބާއްވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ މި ސޭލްގައި އިލެކްޓުރޯނިކް އައިޓަމްތަކާއި އެހެނިހެން ސާމާނު ވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ. އެއިގެ ތެރޭގައި ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަރމާޓްއިން ވިއްކާ ގޭތެރޭގެ ސާމާނާއި އަދި ބަދިގެއަށް ބޭނުންވާ ތަކެތިވެސް ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މި ސޭލް ކުރިއަށް ގެންދާނީ އަމީނީމަގު އެސްޓީއޯ ސުޕަރމާޓް ގުދަން (7ނަންބަރ ކޮށި) ގައި ކޮންމެ ރެއަކު 20:00 އިން 23:00 އަށް ކަމަށެވެ. އަދި ސޭލްގެ ފަހު ދެދުވަހު (ހުކުރު ،ހޮނިހިރި)ގައި ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ސޭލް ކުރިއަށް ގެންދާނެ ކަމަށެވެ.

ވެއެއަރހައުސް ސޭލް ކުރިއަށްދާއިރު މިސޭލަށް ޒިޔާރަތް ކުރައްވާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވިގެންދާނެއެވެ. އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބާވަމުން އަންނަ ވެއަރހައުސް ސޭލްއަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. 

މިއަދު އޮންލައިން