އެމްޓީސީސީގެ ފައިދާ ދަށްވެ ހިއްސާ ދާރުންނަށް ހިއްސާ ނުބެހުމަށް ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
އެމްޓީސީސީގެ ފައިދާ ދަށްވެ ހިއްސާ ދާރުންނަށް ހިއްސާ ނުބެހުމަށް ނިންމައިފި

ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީގެ ފައިދާ ދަށްވެ، މިދިޔަ އަހަރުގެ ފައިދާ އިން ކުންފުނީގެ ހިއްސާ ދާރުންނަށް ހިއްސާ ނުބެހުމަށްވެސް އެކުންފުނިން ނިންމައިފިއެވެ.

އެމްޓިސީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ކޭޝްފްލޯ ހުރިގޮތުން ޑިރެކްޓަރުންގެ ބޯޑުން ނިންމީ މިއަހަރުގެ ޑިވެޑެންޑު ނުބަހަން ކަމަށާއި ދެން ހުރި ކުއާޓަރުގައި ފައިދާވާނެކަމަށެވެ. އަދި ކުންފުނީގެ ހާލަތާ ގުޅޭގޮތުން ރައީސް އޮފީހާ ކަމާ ގުޅޭ މިނިސްޓްރީތަކާވެސް މަޝްވަރާ ކޮށްފައިވާކަމަށް ޝާހު ވިދާޅުވިއެވެ.

އެމްޓީސީސީ އިން ކުރިއަށްގެންދާ 24 ޕްރޮޖެކްޓެއްގެ ތެރެއިން 13 ޕްރޮޖެކްޓެއް މިހާރު ނިމިފައިވާކަމަށާއި އެހެންކަމުން މިއަހަރު ނިމޭއިރު ކުންފުނީގެ ފައިދާ އިތުރުވާނެ ކަމަށް ޝާހު ވިދާޅުވިއެވެ. 

މީގެއިތުރުން އެމްޓީސީސީ އިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓުތަކުން ކުންފުންޏަށް ލިބެންޖެހޭ 300 މިލިއަން ރުފިޔާ ނުލިބިވާކަމަށް ވެސް ޝާހު ފާހަގަކުރެއްވިއެވެ.

 

މިއަދު އޮންލައިން