ފޮޓޯއިން ފެނިވަޑައިގަންނަވަނީ ފަލަސްޠީން މަސްވެރިއެކެވެ. ކުޑަ 3 ދަރިންގެ ބައްޕައެވެ. އޭނާ މަހަށް ނުކުމެ އުޅެނިކޮށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން އޭނާގެ ލޮލަށް ބަޑި ޖެހުމުން ވަނީ ލޮލުގެ ފެނުން ގެއްލިފައެވެ.
މިއަދު އޭނާއަކީ އެއްވެސް މަސައްކަތެއް ކުރެވޭ މީހެއް ނޫނެވެ. ނިކަމެތި ޙާލުގައި ދަރިންކޮޅު ގޮވައިގެން ދިރިއުޅެމުންދާ މީހެކެވެ. މިފަދަ ނިކަމެތި ޙާލުގައި އެތައް ހާސް ފަލަސްޠީން ރައްޔިތުންނަށް ދިރިއުޅެން ޖެހިފައިވާއިރު ކަންބޮޑުވާ ޤައުމެއް ނެތެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ރިޕޯޓްތައް ނެރެއެވެ. އެކަމުން ފަލސްޠީނުގެ ރައްޔިތުންނަށް ކުރާ އެއްވެސް ފައިދާއެއް އޮންނަ ކަމަކަށް ނުވެއެވެ.