ކުވައިތު އިޒްރޭލަށް: މިތަނުން ނުކުމޭ! ކަލޭމެންނަކީ ކުޑަކުދިން ޝަހީދުކުރާ ބައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ކުވައިތު އިޒްރޭލަށް: މިތަނުން ނުކުމޭ! ކަލޭމެންނަކީ ކުޑަކުދިން ޝަހީދުކުރާ ބައެއް!

2017 ވަނަ އަހަރު ރަސިއާގައި ބޭއްވި އިންޓަރޕާލަމެންޓްރީ ޔޫނިއަންގެ ބައްދަލުވުމުގައި ކުވައިތުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަރޒޫޤް އަލްޣާނިމް ވަނީ "ކަލޭމެންނަކީ ކުޑަކުދިން ޝަހީދުކުރާ ބައެއް" ކަމަށް ވިދާޅުވެ ބައްދަލުވުމުން ނުކުންނަން އިޒްރޭލުގެ ވަފުދަށް ވިދާޅުވެފައެވެ.

ކުވައިތަކީ ޢަރަބި ޤައުމުތަކުގެ ތެރެއިން އެންމެ ކުޑަ އެއް ޤައުމެވެ. ކުވައިތުގެ މިހިތްވަރު ބޮޑެތި ޢަރަބި ޤައުމުތަކުގައި ނެތްކަން އެއީ އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނިކަމެތިކަން ކަމުގައި ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

ޤައުމުގެ ގޮތުން ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއަކީވެސް ހަމަ ކުވައިތު ފަދައިން މިފަދަ ބައްދަލުވުންތަކުގައި ކުވައިތު ފަދައިން އިޒްރޭލުގެ ބޮލުގައި ހަންމުށިން ޖެހިދާނެ ޤައުމެކެވެ. އިޒްރޭލް ފަޟީޙަތްކުރަން މަސައްކަތް ކުރެވިދާނެ ޤައުމެކެވެ.

ދިވެހި ރައްޔިތުން އެންމެ ހިތާމަކުރި އެއް ދުވަހަކީ އިޒްރޭލާއި ރާއްޖޭގެ ގުޅުން ބަދަހިކޮށް ހައްދުފަހަނައަޅާފައިވާ ޔަހޫދީންނާއި ދިވެހި ރައްޔިތުންގެ ލޯތައް ޙަވާލުކުރި ދުވަހުގެ ގޮތުގައި ގިނަ ބައަކު ފާހަގަކުރެއެވެ.

މިއަދު އޮންލައިން