އައިޓީ ޕްރޮފެޝަނަލު އަނބިމީހާ އާ ކުޑަ ދެދަރިން މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
އައިޓީ ޕްރޮފެޝަނަލު އަނބިމީހާ އާ ކުޑަ ދެދަރިން މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެ

އެމެރިކާގައި މަސައްކަތްކުރާ އިންޑިއާގެ އައިޓީ ޕްރޮފެޝަނަލަކު އޭނާގެ ކުޑަ 2 ފިރިހެންދަރިންނާއި އަނބިމީހާ މަރައިލުމަށްފަހު އަމިއްލައަށް މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ 2 ދަރިންނާއި އަނބިމީހާ މަރާލާފައިވަނީ ބަޑިޖަހައިގެން ކަމަށާއި އޭނާ މަރުވެފައިވަނީވެސް އަމިއްލައަށް ގައަށް ބަޑިޖަހައިގެން ކަމަށެވެ. އަދި އެންމެންގެ ގައަށްވެސް ގިނަ އަދަދެއްގެ ވަޒަން އަރާފައިވާކަންވެސް ފުލުހުން ފާހަގަ ކުރެއެވެ.

ފުލުހުން ބުނެފައިވަނީ މިކަން ކުރީ އުމުރުން 44 އަހަރުގެ މީހެއް ކަމަށާއި އަނބިމީހާގެ އުމުރަކީ 41 އަހަރު ކަމަށާއި ދަރިންނަކީ 15 އަހަރާއި 10 ގެ 2 ކުދިން ކަމަށެވެ. ޢާއިލާ އެކުގައި މަރުވުމުން އިތުރު މައުލޫމާތު ހޯދަން އުނދަގޫވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިއަދު އޮންލައިން