ރާއްޖޭގެ 7 ރަށެއްގެ މަގުތަކުގެ ޑިޒައިނަށް ބަދަލު ގެންނަން އެމްޓީސީސީން ނިންމައިފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ބަދަލު ގެނައުމަށް ނިންމާފައިވަނީ މިފަދަ މަޝްރޫއުތައް މީގެކުރިން ހިންގުމުގައި ލިބިފައިވާ ތަޖުރިބާތަކަށް ބަލައި އެ މަޝްރޫއޫތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.
މީގެ ކުރިން ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އަޅާ ބޭސް ކޯހުގެ ބަދަލުގައި ހިލަ ބޭނުންކޮށްގެން ބޭސް ކޯސް އަޅަން ނިންމާފައިވާ ރައްތަކާއި މަގުތަކަކީ ހދ. ހަނިމާދޫގެ 18 މަގާއި، ރ. އުނގޫފާރުގެ 15 މަގާއި، ބ. އޭދަފުށީގެ 17 މަގާއި، ބ. ދަރަވަންދޫ 12 މަގާއި، ލ. ފޮނަދޫ 12 މަގާއި، ޏ. ފުވައްމުލަކު ރިންގް ރޯޑް، އަދި ސ. ހުޅުމީދޫ ބަހާއުއްދީން މަގެވެ.
މި ހަތް ރަށުގެ މަގު ހެދުމުގެ މަޝްރޫއުގެ އިތުރުން، އިތުރު ހަތް ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.