ފަރަށް އެރި އެފްއެސްއެމްގެ ތެޔޮ ބާޖު ފުން ކޮށްފި

ކިޔުމަށް ހޭދަވާނީ 38ސ
ފަރަށް އެރި އެފްއެސްއެމްގެ ތެޔޮ ބާޖު ފުން ކޮށްފި

ކ. ކާށިދޫގެ ނެރުކަށްޓަށް ފަރަށް އެރި އެފްއެސްއެމް ގެ ތެޔޮ ބާޖު ފުންކޮށްފިއެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަރަށް އެރި އެތެޔޮ ބާޖު ފުންކޮށްފައިވަނީ މިއަދު ހެނދުނު 11:22 ހާއިރު ކަމަށެވެ. މިހާރު އެތެޔޮ ބާޖު ވަނީ މާލެއަށް ދަތުރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އެތެޔޮ ބާޖު ފަރަށް އަރާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރެއެވެ. އޭގެން ތެޔޮ ލީކް ނުވާނެ ގޮތަށް ފުން ކުރުމުގެ މަސައްކަތް އެދުވަހުން ފެށިގެން އައީ ކުރަމުންނެވެ. އެގޮތުން އެތެޔޮ ބާޖުގައި ހުރި ތެޔޮތައް ވަނީ އެހެން ބޯޓަކަށް އަންލޯޑް ވެސް ކޮށްފައެވެ.

ބާޖު ފުންކޮށް ނިމުނުއިރު އިތުރު ގެއްލުމެއް ނުވާ ކަމަށާއި އޭގެން ތެޔޮވެސް ލީކް ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން