މިއަދުގެ ރެސިޕީ: ޕޮޓޭޓޯ ޕައީ

ކިޔުމަށް ހޭދަވާނީ 48ސ
މިއަދުގެ ރެސިޕީ: ޕޮޓޭޓޯ ޕައީ

ބޭނުންވާނެ ތަކެތި:

• 5 އަލުވި (ކިއުބްކޮށް ކޮށާފަ، ކައްކާ މަޑުކޮށްފައި)

• 1 ދަޅު މަސް

• 1 ލީކްސް

• ޗީޒް (ގާނާފައި)

• 6 ބިސް

• 1 ގިތެޔޮ މިރުސް

• 3 ފިޔާ

.  ލޮނު

• އަސޭ މިރުސް

• އަޖިނަމޮޓޯ

• ތެޔޮ

 

ތައްޔާރު ކުރާނެ ގޮތް:

• އެންމެ ފުރަތަމަ އުނދުން މައްޗަށް ތަވާއެއް އުދުމަށްފަހު އޭގެ ތެރެއަށް ތެޔޮފޮދެއް އެޅުމަށްފަހު ތެޔޮފޮދު ހޫނުވުމުން ފިޔާކޮޅު އަޅާފައި ފިޔާ މީރު ކޮށްލާށެވެ. ފިޔާކޮޅު މީރުވުމުން އޭގެ ތެރެއަށް ލީކްސް ކޮޅުވެސް އަޅާފައި މީރު ކޮށްލާށެވެ.

• އެއަށްފަހު މަސް، އަލުވި، އަޖިނަމޮޓޯ، ލޮނު، އަދި އަސޭމިރުސް އަޅާފައި ރޯފިލުމުން އުނދުންމަތިން ތެލި ބާލާށެވެ.

• އެއަށްފަހު ބިހާއި ޗީޒް ގިރާލުމަށްފަހު ކުރިން ހެދި މަސްކޮޅާއި އެއްކޮށްލާ ތަވާގައި ފިހެލާށެވެ. ޕޮޓޭޓޯ ޕައީ ތައްޔާރުވީއެވެ.

 

މިއަދު އޮންލައިން