ހިއްސާއަކަށް 58ރ. ބަހަން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ޕާފޯމެންސް ރިޕޯޓު ހުށަހަޅައި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވަނީ ފާސްކޮށްފައެވެ. އަދި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކޮށްފައިވާ ކުންފުނީގެ ހިސާބުތައް ވެސް ވަނީ ފާސްކޮށްފައެވެ.
504 ހިއްސާދާރުން ބައިވެރިވި މި ޖަލްސާގައި މި އަހަރަށް އައްޔަނުކުރާ އެ ކުންފުނީގެ އޮޑިޓަރުން ހޮވައި، އުޖޫރައިގެ ގޮތުގައި 49،820 ޑޮލަރު ދިނުމަށް ވަނީ ކަނޑައަޅާފައިވެއެވެ. ކުންފުނީގެ އޮޑިޓަރަކަށް ކަނޑައެޅީ ކޭޕީއެމްޖީއެވެ.
އެސްޓީއޯ އިން މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 55ރ. އެވެ.