އުރީދޫގެ އައު ޗެއާރމަން، ޑޭމިއަން ފިލިޕް ޗެޕަލް!

ކިޔުމަށް ހޭދަވާނީ 55ސ
އުރީދޫގެ އައު ޗެއާރމަން، ޑޭމިއަން ފިލިޕް ޗެޕަލް!

އުރީދޫ މޯލްޑިވްސްގެ އިންޑިޕެންޑެންޓް ބޯޑު ޑިރެކްޓަރަކަށް އަދި އައު ޗެއަރމަނެއްގެ ގޮތުގައި ޑޭމިއަން ފިލިޕް ޗެޕަލް މިއަދު އައްޔަންކޮށްފިއެވެ.

 

ޑޭމިއަން ފިލިޕް ޗެޕަލް އެމަޤާމަށް އައްޔަންކޮށްފައިވަނީ އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސުންނެވެ.

 

ޗެޕަލް މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ އުރީދޫ ގަތަރުގެ ޗީފް ކޮންސިއުމަރ އޮފިސަރުގެ މަގާމުގައެވެ. އޭނާއަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި 17 އަހަރަށްވުރެ ގިނަ ތަޖުރިބާ ހޯއްދަވާފައިވާ އޮސްޓްރޭލިޔާ ގެ ރައްޔިތެކެވެ.

 

ޗެޕަލް ވަނީ އޮސްޓްރޭލިއާގެ ސްވައިންބާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން އެޕްލައިޑް ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ ގެ ދާއިރާއިން ބެޗަލަރސް ޑިގްރީ ހާސިލުކޮށްފައެވެ.

 

ޗެޕަލްގެ ޤާބިލް ލީޑަރޝިޕްގެ ދަށުން، އުރީދޫ މޯލްޑިވްސް އިން ކުރިމަގުގައި އިތުރު މޭލުގާތުތައް ކަނޑައްތުކޮށް، ގިނަގުނަ ކާމިޔާބީތައް ހޯދާނެކަމަށް އުރީދޫ މޯލްޑިވްސްއިން އުންމީދުކުރެއެވެ.

މިއަދު އޮންލައިން