ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވައި، ބަރަކާތްތެރިކަމުން ފުރިގެންވާ މި މަސް އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން، އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަޑިޖިޓަލް ޚިދުމަތްތަކަކާއި ޕްރޮމޯޝަންތަކެއް މިއަދު ތަޢާރަފް ކޮށްފިއެވެ.
ރަމަޟާން މަހުގެ ޚާއްޞަ އޮފަރތައް އިއުލާނުކުރަން އުރީދޫ އިން މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެކުންފުނިންވަނީ ކޮންމެ ރަމަޟާން މަހަކުވެސް ގެނެސްދޭ ރޯދަމަހަށް ޚާއްޞަ ވީޑިއޯ ޙިއްސާކޮށްފައެވެ. މިއަހަރުގެ ވީޑިއޯ އިން ގެނެސްދީފައިވަނީ، މި ބަރަކާތްތެރި މަހުގައި، އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، ގާތްތިމާގެ ގުޅުންތައް އަލުން އާލާކުރުމުގެ މުހިއްމުކަމެވެ.
ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަސްޓަމަރުންނާއި ހަމައަށް ލިބިގެންދާ ޚާއްޞަ ޚިދުމަތްތަކުގެތެރޭގައި:
ރަމަޟާން ޑޭޓާ ކޮމްބޯ
މި ޚާއްޞަޕެކް މެދުވެރިކޮށް އެންމެ 25 ރުފިޔާއަށް އަށް އުރީދޫގެ 4ޖީ+ ނެޓްވަރކުގައި ބޭނުންކޮށްލަން 1ޖީބީ ޑޭޓާ، އަދި ގާތްތިމާގެ ބޭފުޅުންނަށް ގުޅާލަން 100 މިނިޓް ލިބޭނެއެވެ. އަދި މިޕެކް ކޮންމެ ދުވަހަކު ފަތިހު 5.00 އިން ހަވީރު 5.00 އަށް ބޭނުންކޮށްލެވޭނެއެވެ.
*929*1*1# ޖެއްސެވުމުން އެކްޓިވޭޓްވާނެއެވެ.
އެމް-ފައިސާ ކޭޝްބެކް އޮފަރ
ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކުވެސް، އެމް-ފައިސާއިން ކުރައްވާ ކޮންމެ ރާސްޓަސްއެއްގެ %10، އެމް-ފައިސާގެ ގޮތުގައި އަނބުރާ ލިބޭނެއެވެ. އެމް-ފައިސާ ވޮލެޓުގައިވާ ލާރި ނެންގެވުމުގެ އިތުރުން، ވިޔަފާރިތަކަށް ފައިސާ ދައްކާ، ބިލުތައް ދައްކައި، އަދި އާއިލާ އާއި ރައްޓެހިންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެ އެވެ.
އުރީދޫ އެމް-ފައިސާ އެޕް ޑައުންލޯޑުކޮށް، އޮންލައިކޮށް ރަޖިސްޓަރ ކޮށްލުމަށް، http://ore.do/mm އަށް ޒިޔާރަތްކުރައްވާ!
ސައުދީ އައިޑީޑީ އޮފަރ
މިރަމަޟާންމަހު ސައުދިއަރަބިޔާއަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެއްކަމުގައިވާ ސައުދީޕްލޭން 150މެދުވެރިކޮށް ސައުދީގައިވާ އާއިލާއާއި ރައްޓެހިންނަށް ގުޅާލުމަށް 75ހިލޭ މިނިޓް ލިބިގެންދާނެއެވެ. ހަމައެހެންމެ، މި ޕެކް ޚިޔާރުކުރައްވާ ކޮންމެ ބޭފުޅަކަށްވެސް، 2ޖީބީ ހިލޭ ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ.
އެކްޓީވޭޓް ކުރެއްވުމަށް، *929*3*2# ޖައްސަވާ!
ސެމްސަންގ އޮފަރ
ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކާއި އެކު، ސެމްސަންގގެ އައު ފޯނުތައް ކަމަށްވާ އެމް20 އަދި އޭ50، އުރީދޫ އެކްސްޕީރިއަންސް ފިހާރަތަކުން ލިބެންހުންނާނެއެވެ!
ފޯނު ބައްލަވައިގަތުމަށް، އެންމެ ކައިރީ އުރީދޫ ފިހާރައަކަށް ޒިޔާރަތް ކުރައްވާށެވެ!
ސުޕަރނެޓް އޮފަރ
މި ރޯދަ މަސްތެރޭގައި އުރީދޫގެ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑް އެކްޓިވޭޓް ކުރެއްވުމަށް ފަހު 6 މަސް ދުވަހުގެ މުއްދަތަށް %30 ބޯނަސް ހޯއްދަވާށެވެ!
ސުޕަނެޓް ޚިޔާރުކުރެއްވުމަށް، އެންމެ ކައިރީ އުރީދޫ ފިހާރައަކަށް ޒިޔާރަތް ކުރައްވާ!
ވައިބަރ ނަމާދު ވަގުތު
ވައިބަރ މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ނަމާދު ވަގުތު އަންގައިދޭ، "ބަންގި ޗެނަލް"އެއްވަނީ އުރީދޫ އާއި ވައިބަރ ގުޅިގެން ތައާރަފްކޮށްފައެވެ. ނަމާދު ވަގުތުގެ ހަނދުމަކޮށްދިނުމުގެ އިތުރުން ބަނގި ޗެނަލް މެދުވެރިކޮށް، ޤިބްލަ ހޯދައި، ޒަކާތް ހިސާބުކޮށް، ނަމާދުގެ ތާވަލުތައް ބަލާލުން ފަދަ މުޙިއްމު އަދި ފަސޭހަ ޚިދުމަތްތަކެއް ލިބިގެންދެއެވެ.
ބަންގި ޗެނަލްގެ ޚިދުމަތް ހޯއްދެވުމަށް،http://ore.do/prayer އަށް ޒިޔާރަތް ކުރައްވާ
އޮންލައިން ސިޔަރަތު
މި ރަމަޟާން މަހު، ކޮންމެ ތަނެއްގައި ތިބެގެން އަދި ކޮންމެ ވަގުތަކުވެސް، އުރީދޫ ކަސްޓަމަރުންނަށް މޮބައިލް މެދުވެރިކޮށް ސިޔަރަތު އަޑުއެއްސެވޭނެއެވެ.
ސިޔަތަރު އަޑުއެއްސެވުމަށް،http://ore.do/siyarath އަށް ޒިޔާރަތް ކުރައްވާ!
މަސް ރޭސް މޮބައިލް
ދިވެހިންގެ ތެރޭގައި، އުރީދޫ މަސްރޭހަކީ ރޯދަމަހުގެ ވަރަށް ޚާއްޞަހަރަކާތެކެވެ. މިގޮތުން މިއަހަރު، ސްމާޓްފޯނު މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނާއި ވާދަކޮށް، މަސްރޭހުގެ ފޯރީގައި ބައިވެރިވެވޭނެއެވެ. ހަމައެހެންމެ، މުޅި ޤައުމަށް ހުޅުވާލެވިފައިވާމި މަސްރޭސް މޮބައިލް ގޭމުގެ އެންމެ މޮޅު ކެޔޮޅަކަށް، ކޮންމެ ހަފްތާއަކުވެސް ވަރަށް ފުރިހަމަ އިނާމުތަކެއް ލިބިގެންދާނެއެވެ.
މަސްރޭސް މޮބައިލް ޑައުންލޯޑް ކުރެއްވުމަށް،http://ore.do/Masrace އަށް ޒިޔާރަތްކުރައްވާ!
ލައިވް ތަރާވީސް
ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯބައިލް މެދުވެރިކޮށް މައްކާއިން ތަރާވީސް ލައިވްކޮށް ބައްލަވާލެއްވުމަށް،http://ore.do/app އަށް ޒިޔާރަތް ކުރައްވާ
ޓެކްސްޓް އޭން އިފްތާރް
މިހާރު އާއިލާ އަދި ރައްޓެހިންނަށް ރޯދަވީއްލުމެއްވެސް، ފޯނު މެދުވެރިކޮށް ހަދިޔާ ކޮށްލެވޭނެ. އުރީދޫ ބިލް އަށް ނުވަތަ ކްރެޑިޓުން ޗާޖް ކުރެވޭގޮތަށް ރޯދަވީއްލުމެއް ހަދިޔާ ކޮށްލެވޭ ޓެކްސް އަ ކޮފީގެ ޚިދުމަތް، ރާއްޖޭގެ ކޮންމެ ތަނަކުންވެސް އުރީދޫ ކަސްޓަމަރުންނަށް ބޭނުންކޮށްލެވޭނެ.
ޓެކްސްޓް އަ ކޮފީގެ، ރޯދަ އަށް ޚާއްޞަ މި ޚިދުމަތް ހޯއްދެވުމަށް،http://ore.do/txtcofy އަށް ޒިޔާރަތް ކުރަށްވާ.
ރޯދަމަހު މުޅިން ހިލޭ ލިބޭ ޚިދުމަތްތައް:
· އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.
· ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާއަދި މަދަހަ ހޯއްދެވުމަށް، “Buy<space>Tune ID” ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.
· ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ. ހަމައެހެންމެ، އެމް-ފައިސާ މެދުވެރިކޮށްވެސް، ކޮންމެ ބޭފުޅަކަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
އުރީދޫއިން ރަމަޟާންމަހަށް ޚާއްސަ ޕްރޮމޯޝަންތަކާއި ޚިދުމަތްތަކުގެ އިތުރު މައުލޫމާތު އަދި ތަފްސީލް ooredoo.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.